ވަގު ސްޓޭޕްތަކެއް ޖަހާފައިވާ ޕާސްޕޯޓްތަކެއްގައި އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ނަލަކު ކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓާފައިވާ ކަމަށާއި އެއީ ބިދޭސީ ހަތަރު ފިރިހެނުން ކަމަށާ އަދި އެއީ އެއީ 28 އަހަރާއި 31 އަހަރާއި 25 އަހަރާއި 22 އަހަރުގެ މީހެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބިދޭސީން ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނުވެއެވެ.

މީގެއިތުރުން އެ މީހުންގެ ފޮޓޯ އާންމުކޮށް އިމިގްރޭޝަނުން ބުނެފައިވަނީ އެެ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.