އައްޑޫ ސިޓީ އިން އިތުރު ދެމީހުން ކޮވިޑަށް ޕޮޒިޓިވް ވެ އޭވިއޭޝަން ކްލަސްޓަރ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

އައްޑޫގައި ދެން އޮތީ އެމްޓީސީސީ ކްލާސްޓަރ އެވެ. އެ ކްލާސްޓަރ އިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 25 މީހުންނެވެ. ދެ ކްލާސްޓަރ އެއްކޮށް އައްޑޫއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 60 އެވެ.

އައްޑޫ ސިޓީގައި މިއަދުވަނީ ރެންޑަމް ސާމްޕަލްތައް ނަގަން ފަށައިފައެވެ. ރެންޑަމް ސާމްޕަލް ނެގުން އެއް ހަފްތާއަށް ކުރިއަށްދާނެ ކަމަށް އައްޑޫ އެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވަނީ ވިދާޅުވެފައެވެ. އައްޑޫ އިން ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވަނީ ކޮމިޔުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ލަފާކުރެވޭތީއެވެ.