ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 04:41 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ބެލްކަނީގައި ހުރި ކުނިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:57 ހާއިރު ކަމަށްވެސް އެމްއެންޑީއެދުން ބުނެފައިވެއެވެ.

މި ހާދިސާގައި ފިލާ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާ ބެލްކަނީގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވީނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.