އިންޑިއާގައި އެންމެ މަޝްހޫރު ފްރެޝް ޖޫސް ބްރޭންޑް ކަމަށްވާ "ރިއަލް ފްރުޓް" މިހާރުު ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށައިފިއެވެ.

ރިއަލް ފްރުޓް ޖޫސް ނުވަތަ ރިއަލް ފްރުޓް ޕަވާރއަކީ އިންޑިއާ ބާޒާރުގައި މީގެ ވިހި އަހަރު ކުރިން ފެށިގެން ވިއްކަން ފަށައި މިހާރު އެންމެ އިތުބާރު ހިފޭ އެއް ޖޫހެވެ. މި ޖޫހަކީ އެހެން ޖޫސްތަކާއި ހިލާފަށް މިއަށް އެއްވެސް ކަހަލަ އާޓިފިޝަލް މާއްދާއެއް އެއްކުރެވިފައިވާ އެއްޗެއް ނޫނެވެ. މީގެ ސަބަބުން މި ޖޫހަކީ ހުރިހާ އުމުރަކާވެސް ގުޅޭ އަދި ސިއްހަތަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެއްޗެކެވެ.

މިގޮތުން ބަލިވެ އުޅޭ މީހުންގެ އަނގަ ފޮނިކޮށްލުމަށްޓަކައި މިއައްވުރެ ފައްކާ ޖޫހެއް މިއަދު ދިވެހި ބާޒާރަކު ނުހުންނާނެއެވެ. އެއީ މި ޖޫހަކީ ހަށިގަނޑަށް ބޭނުންވާ އެތަށް ވިޓަމިން ތަކެއް އެކުލެވިގެންވާ އެއްޗަކަށްވާތީއެވެ. ހަމައެހެންމެ. މި ޖޫހުގައި ހަށިގަނޑުގައި ވަރު ޖައްސައިދޭނެ ސޯޑިއަމް ވެސް އެކުލެވިގެން ވެއެވެ.

ރިއަލް ފްރުޓް ޕަވާ ބްރޭންޑްއިން މި ޖޫސް ވަނީ 15 ފްލޭވާރ އަކުން ތައްޔާރު ކޮށްދީފައެވެ. މީގެތެރޭގައި އާފަލު، ފޭރު އަދި އަނބު ފަދަ ދިވެހިންނަށް ކަމުދާ ފްލޭވާރ ތައް ހިމެނެއެވެ. އަދި ލައިޗީ، ޕްލަމް އަދި ޓޮމާޓޯ ފަދަ ދިވެހި ބާޒާރުގައި އާއްމުކޮށް ނުފެންނަ ފްލޭވާރ ތަށް ވެސް މީގައި ހިމެނެއެވެ.

މި ޖޫސްގެ ބައްލަވައި ގަންނަށް ބޭނުންފުޅުވާނަމަ މާލޭގެ އަލިކިލޭގެފާނު މަގުގައި ހުންނަ ސަރުނަ މާޓަށް ވަޑައިގަންނަވާށެވެ.

މި ޖޫސް ރާއްޖޭގައި ޑިސްޓްރިބިއުޓް ކޮށްދެނީ ސިޓީ ވޯލް ޓްރޭޑް ވެންޗާރ ލިމިޓެޑް އިންނެވެ. ޑިސްޓްރިބިއުޓާރ އަށް ގުޅާލެއްވުމަށް 1122 400 އަކަށް ޑައިލް ކޮށްލައްވާށެވެ.