ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ގިލްގިޓް ބޯލްޓިސްޓާން ޕްލޭންއާ ދެކޮޅަށް ސިޔާސީ ފަރާތްތަކުން ނިކުމެއްޖެއެވެ. ބެލެވޭ ގޮތުގައި އިމްރާން ޚާންގެ ގިލްގިޓް ބޯލްޓިސްތާން މިނިވަން ޕްރޮވިންސަކަށް ޗައިނާ އިން އިންދާފައިވާ ޚިޔާލެވެ. މިއީ ޗައިނާއަށް މިއިން އިގްތިސާދީ މަންފާއެއް ހޯދުމަށް ރާވާފައިވާ ރޭވުމެއްކަމުގައި ބެލެވެއެވެ.

އިމްރާން ޚާންގެ ސަރުކާރުން ބޭނުންފުޅު ވަނީ ގިލްގިޓ ބޯލްޓިސްތާނަކީ ޕާކިސްތާންގެ ފަސްވަނަ ޕްރޮވިންސްގެ ގޮތުގައި ހަމަޖެއްސުމެވެ.

މި ހަފްތާގައި އިދިކޮޅު އިސްލާމީ ލީޑަރެއްކަމުގައިވާ މައުލާނާ ފަޒްލުއްރަޙްމާން ވިދާޅުވީ، ޚާން ގެންގުޅުއްވަނީ ބެއިޖިންގ ގެ އެޖެންޑާއެއް ކަމުގައެވެ. އަދި ގިލްގިޓް ބޯލްޓިސްތާން ޕްރޮވިންސަކަށް ހެދުމުން ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި މީގެ ސަބަބުން އިންޑިއާއިން ކަޝްމީރާ މެދު ނިންމި ނިންމުމް ޕާކިސްތާނުން ބަލައި ގަނެވުނީ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަޝްމީރު މީހުންގެ ލެއިން ހަދާ ވިޔަފާރި އެއްބަސްވުމެއް ބަލައި ނުގަނެވޭނެ ކަމުގައެވެ.

ޕާކިސްތާނުން ހިފާފައިވާ ކަޝްމީރުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީގެ އެ ސަރަހައްދުގެ ރައީސް ލަތީފް އަކްބަރު ވިދާޅުވީ، ގިލްގިޓް ބޯލްޓިސްތާން ވަކި ޕްރޮވިންސަކަށް ހެދުން އެމީހުންނަށްވެސް ގަބޫލު ނުކުރެވޭ ކަމުގައެވެ.

މި ފަރާތްތަކުން ބުނާ ގޮތުގައި ގިލްގިޓް ބޯލްޓިސްތާން ވަކި ޕްރޮވިންސަކަށް ހެދުމުން ޕާކިސްތާނާއި އިންޑިއާއާ ދެމެދުގެ ލައިން އޮފް ކޮންޓްރޯލް ރަސްމީ ސަރަހައްދީ ލައިނެއްކަމަށް ބަލައި ގަނެވުނީ އެވެ.

އިމްރާން ޚާން ވިދާޅުވެފައިވަނީ އޭނާގެ ވިސްނުން ބަދަލެއް ނުކުރައްވާނެ ކަމުގައެވެ.

ކޮންމެއަކަސް މިއިން ފައިދާ ވާނީ ޗައިނާއަށެވެ. އެއިރުން ޗައިނާއިން ޘިންޖިއާންއަށް ހަދާ ހައިވޭ ދާނީ ގިލްގިޓް ބޯލްޓިސްތާން ތެރެއިން ލައިގެންނެވެ. އެއީ އެއިރުން ޕާކިސްތާން ޕްރޮވިންސެކެވެ. ހިފާފައިވާ ކަޝްމީރުގެ ބައެއް ނޫނެވެ.