ބާރަށު ސްކޫލު ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބާރަށު ސްކޫލުގައި މިކަމަށް ޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ 18 ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގައި ގާއިމުވެތިބޭ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 ގެ އެކްޓިންގް ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް މުހައްމަދު ރައިހާން ކަމަށެވެ.

އަދި މި ރަސްމިއްޔާތުގައި، ހަތިޔާރު ހަވާލުކުރާއިރު އަންގާ އެންގުން ކެޑޭޓުންނަށް އިއްވައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 1 ގެ ކޮމާންޑަރ، މޭޖަރ އަބްދުއްސަލާމް ހަފީޒު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.