އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮވިޑް ފެސިލިޓީ (ކުރީގެ އެޗުއާރުއެޗު) ގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ. އެތަނުގައި ފަރުވާދެމުން ގެންދިޔައީ 4 ދިވެހީންނަށާއި ބިދޭސީ އަކަށެވެ.

އެ ދެމީހުން ދޫކޮށްލުމުން މިހާރު އެތަނުގައި ފަރުވާ ދެމުން ގެންދަނީ ޖުމްލަ ތިން މީހުންނަށެވެ. ފަރުވާ ދެމުންގެންދާ މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހުން ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށް ފަރުދެމުން ގެންދައިޔައީ އެއީ ހައިރިސްކް މީހުންނަށް ވެފައި ގާތުން ބަލަންޖެހޭތީ އެވެ.

ދޫކޮށްލި މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުން ދޫކޮށްލީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެންޑްމިޓް ކޮށްގެން ފަރުދޭން ޖެހޭކަމަށް ޑޮކްޓަރުންނަށް ފެނިވަޑައި ނުގަންވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ތިން މީހުން ގެއަށް ބަދަލުކުރީ ހޮސްޕިޓަލަށްވުރެ ބޮޑަށް ގެއިން ރަނގަޅު މާހައުލެއް ލިބޭނެތީ އާއި އޭގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އެމީހުން ވަރުގަދަވާނެތީ ކަމަށް ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އައްޑޫ އިން ވަނީ 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ އޭވިއޭޝަން ކްލަސްޓަރ އާ ގުޅުންހުރި ދެ މީހުންނެވެ.

ފުވައްމުލަކަށް ގޮސް ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނު އައްޑޫ މީހާ ވެސް މިހާރުވަނީ ރަށަށް ގެނެސްފައެވެ. އޭނާ ނިސްބަތްވާ ކްލާސްޓަރ އެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.