ރ. ހުޅުދުއްފާރުހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %83 މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުންދާ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް މި ފިޔަވަހީގައި ނިންމާފައިވަނީ ޖުމްލަ 3.1 ކިލޯ ހިމެނޭހެން 6 މަގެއްގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން އާރްޑީސީން ބުނީ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތާއި ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގު ބައްތި ޖެހުމުގެ 99 އިންސައްތަ މަސައްކަތްވެސްވަނީ މިހާރު ވަނީ ނިމިފައި ކަމަށެވެ.
އާރްޑީސީން ބުނީ އެ ރަށުގައި ބާކީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަންކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން ދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.