ފުވައްމުލަކުން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ފުވައްމުލަކުގައި ކޮވިޑު ފެތުރިފައިވަނީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާއި ގުޅުންހުރި ކްލަސްޓާއެކެވެ.

މިހާތަަނަށް މި ކްލަސްޓަރ އާއި ގުޅުން ހުރި 329 ސާމްޕަލެއް ނަގައި، 547 ގެއެެއް ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އަދި ޖުމްލަ 620 ކޮންޓެކްޓްސް ތިބި ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ.