ފުވައްމުލަކު ސިޓީ، މުޙައްމަދު ޖަމާލުއްދީން ސުކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

މުހައްމަދު ޖަމާލުއްދީން ސުކޫލުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް އަސްލަމް ރަޝީދެވެ.

ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ސްކޫލުގެ 68 ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، މޭޖަރ އަބްދުﷲ ނަސީމްގެ އިތުރުން ކެޕްޓަން ނާމިލް އަބްދުލްޤަފޫރެވެ