ރ. އަތޮޅުގެ ރަށްރަށުގައި ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިނގުރައިދޫގައި އެ ރަށުގެ ރައްޔިތުންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކާއި ފިހާރަތަކުގެ އިތުރުން ގޭގެއަށް ޒިޔާރަށްކޮށް ރައްޔިތުންނަށް މައުލޫމާތުދީފައިވެއެވެ.

އެ ގޮތުން، ސްކޭމް ކޯލުތަކަށް ސަލާމަތްވުމަށާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށާޢި، ކާކުކަން ނޭނގޭ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކުގައި ޒާތީ އެއް ވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން، ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް އެ ރަށުގެ ރައްޔިތުންނަށް ވަނީ މައުލޫމާތުދީފައެވެ. ކަމެއް ދިމާވާ ހާލަތުގައި ފުލުހުންނަށް މައްސަލަ ހުށަޅުމުގައި އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ވެސް މި ހަރަކާތުގައި ވަނީ ހިއްސާކޮށްފައެވެ.