ސްކޫލް ޗުއްޓީތަކުގައި ޓީޗަރުން ސްކޫލަށް ނުނެރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ މި ދިރާސީ އަހަރުގައި ފުރަތަމަ އަދި ދެވަނަ ޓާމް ބަންދަށް ޓީޗަރުން ސްކުލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
މީގެއިތުރުން މިޑް ޓާމް ބަންދަށް ވެސް ޓީޗަރުން ސްކޫލަށް ނެރުމަކީ މަނާ ކަމެއް ކަމަށް އެދިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއުވަނީ ވަނީ މި އަހަރުގެ އެންމެ ބޮޑު އެއް ސަމާލުކަމެއް ދޭނީ ޓީޗަރުންގެ ވޯކްލޯޑް ކުޑަކުރުމަށް ކަމަށް ވިދާޅުވެފައެެވެ.
މިގޮތުން އަބަދު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީން މިދިޔަ މަހު ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގައި ހުންނަ ވައިބާ ގްރޫޕްތައް ނުހެދުމަށް ވެސް އަންގައިފައިވެއެވެ.