ފަލަސްތީން ހިމެނޭ ގޮތަށް 13 ޤައުމަކަށް ނޮންރެސިޓެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއީ ރާއްޖެއިން ފަލަސްތީނަށް ސަފީރަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.

ފަލަސްތީނަށް ނޮންރެސިޑެންޓް ސަފީރެއްގެ ގޮތުގައި ރުހުން ދީފައިވަނީ ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ސަފީރު މުހައްމަދު ހަލީލް، ގ. އުތުރުއާގެ އެވެ.

ރުހުން ދީފައިވާ ބޭފުޅުން:

1- އަހުމަދު ލަތީފް – ޔުކްރެއިންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޖަރުމަނުގެ ސަފީރުގެ މަގާމުގައި)

2- ޑރ. ހުސެއިން ނިޔާޒް – އަޒަރުބެއިޖާންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އިންޑިއާގެ ސަފީރުގެ މަގާމުގައި)

3- އުމަރު އަބްދުއް ރައްޒާގް – އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާގެ ސަފީރުކަމަށް (މިހާރު ހުންނެވީ ލަންކާގެ ސަފީރުގެ މަގާމުގައި)

4- މުހައްމަދު ޖިނާހު – ކެމްބޯޑިއާ، ލާއޮސް އަދި ވިއެޓްނާމްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ތައިލެންޑްގެ ސަފީރުގެ މަގާމުގައި)

5- ޑރ. އާސިފް އަހުމަދު – އިޓަލީ، ތުރުކީ އަދި އޮސްޓްރިއާގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އދ. ގެ ސަފީރުގެ މަގާމުގައި)

6- އައިމިނަތު ޝަބީން – މިސްރުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޔޫއޭއީގެ ސަފީރުގެ މަގާމުގައި)

7- އިބްރާހިމް ޝަހީބް – ނިއުޒީލެންޑްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި)

މި ސަފީރުންނަށް ރުހުން ދީފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 39 މެމްބަރުންގެ ވޯޓުންނެވެ. އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންފުޅު ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގަ އެވެ.