މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް, މާލޭގައި ކުނި ނަގާ ގަޑިއަށް ބަދަލުތަކެއް ގެނެސް، ވަކި ސައިޒަކަށް ވުރެ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މުދާ އުފުލާނެ ގަޑިތަކެއް ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި "މާލެ ފަހި" ޕްރޮގްރާމަައެވެ.

އެގޮތުން އަންނަ މަހު 1 ން ފެށިގެން މާލެ މަގުތަކުގެ ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއެކު މާލޭގައި ކުނި ނަގާ ވަގުތު ރޭގަނޑު 10 އަކުން ފަތިހު 5 ކަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ވަކި ސައިޒަކަށް ވުރެ ބޮޑެތި ވެހިކަލްތައްމާލޭގައި ދެން ދުއްވޭނީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް, ބޮޑެތި އުޅަނދު ދުއްވާ ގަޑިތަކަށާއި ކުނި ނަގާ ވަގުތާއި މިފަދަ ބަދަލުތައް ގެނެއެވެ.