ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލހުން މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ މިއަދު ހެންދުނު ހުޅުމާލެ ޕެޓްރޯލް ކުރުމުގެ ތެރެއިން ދެ މީހަކު ހުޅުމާލެ ބީޗު ކުލަބު ކައިރިން ދަބަހެއް އެއްލާލައިފައި ދާކަމަށް ލިބުނު މައުލޫމާތުންނެވެ. މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.