އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަހަކު އެއް ފަހަރު ނެރެމުން އައި މަޖައްލާ 'ހިދާޔަތުގެ އަލި' އަލުން ނެރެން ފަށައިފިއެވެ.

ދީނީ ޢިލްމުވެރިންގެ ގިނަ ލިޔުންތައް ހިމެނޭ ގޮތަށް ނެރޭ ހިދާޔަތުގެ އަލި މަޖައްލާ ނެރޭން ފަަށައިފައި މި ވަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. 'ހިދާޔަތުގެ އަލި' މަޖައްލާ އަލުން ނެރޭން ފަަށައިފައި މި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީންނެވެ. މި މަޖައްލާގެ ހުރިހައި މަސައްކަތްތަކެއް ކުރައްވައިފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ. 'ހިދާޔާތުގެ އަލި' މަޖައްލާ އަލުން މި ނުކުތީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. މި ފަހަރުގެ ހިދާޔަތުގެ އަލި މަޖައްލާގައި ވެސް އިސްލާމް ދީނާ ގުޅޭ ތަފާތު އެކި މަޢުޟޫޢުތަކަށް ދީނީ ޢިލްމުވެރީންގެ ލިޔުންތައް ހިމެނިފައި ވާނެއެވެ. 'ހިދާޔަތުގެ އަލި' މަޖައްލާގައި އިސްލާމް ދީނުގެ އެންމެ މައިގަނޑު އެއް ބައިކަމަށްވާ ސުލޫކާއި އަޚުލާޤިއްޔާތާއި، އިސްލާމީ ޝަޢީރާއި އިސްލާމީ ސަގާފަތާއި ޚުލަފާއުއްރާޝިދޫންގެ ޚިދުމަތުގެ އުސްއަލިތަކާއި ކައު ރަސޫލާގެ ސީރަތާއި އިސްލާމީ އިޤުތިޞާދާއި ދީނުގެ ކަންކަމުގެ މައްޗަށް މީހުން އުފައްދައިފައި ހުންނަ ޝުބުހާތަކާއި އެ ފަދަ ޝުބުހާތަކުގެ ރައްދު ފަދަ ކިތަންމެ ކިތަންމެ ޝިޢާރެއްގެ ދަށުން އެކި ބޭފުޅުން ލިޔުއްވައިފައިވާ ލިޔުންތައް ހިމަނާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދީންނަށް ޚާއްޞަކުރެވޭ ބަޔަކާއި އިޖުތިމާޢީ މައްސަލަތަކާއި އޭގެ ޙައްލުގެ ވާހަކަ ވެސް މި މަޖައްލާގައި ހިމެނޭނެއެވެ. މީގެ އިތުރަށް ތިން ޙަރަމްފުޅަށް ޚާއްޞަ ވާހަކަތަކާއި މި ވުޒާރާގެ މުހިންމު ނިންމުންތަކާއި އިސްލާމީ ދުނިޔޭގެ މުހިންމު ޚަބަރުތައް ވެސް މި މަޖައްލާގައި ގެނެސްދެވޭނެއެވެ. ހަމަ މި ފަދައިން ޢިބްރަތްތެރި ދީނީ ކުރު ވާހަކަތަކާއި އަލަށް އިސްލާމްވާ މީހުންގެ ވާހަކަތައް ވެސް މި މަޖައްލާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.