ދިވެހިން ފުލުހުންގެ ފަރާތުން މ. މުލަކު ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ޖުލައި 25 ވަނަދުވަހު ހެލްތު ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ފުލުހުންނަށް ހުށަހެޅޭ އަނިޔާގެ މައްސަލަތަކުގައި ފުލުހުންނާއި ހެލްތު ސެންޓަރުގެ ދައުރާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށެވެ.

މީގެއިތުރުން، އެއްގަމު އުޅަނދު ދުއްވުމުގައި ތަބާވާނެ ޖެހޭ ގާނޫނުތަކާއި ގަވާއިދުތަށް ވެސް ފުލހުން ވަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް ކިޔައިދީފައިވާ ކަމަށާ އަދި އެއްގަމު އުޅަނދު ދުއްވުމުގައި އެކަކު އަނެކަކުގެ ސަލާމަތަށް ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަށްވެސް ކިޔައިދެއްވާފައެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މުލަކު ޕޮލިސް ސްޓޭޝަނުގައެވެ.