އައްޑޫ ސިޓީން މިއަދު 278 މީހަކަށް ކޮވިޑް ވެކްސިން ދީފިއެވެ. މިއަދު ވެސް އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވަނީ ހިތަދޫ އިންނެވެ.

ހިތަދޫ އިން ވަނީ 176 މީހަކަށް ވެކްސިން ދީފައެވެ. ހުޅުދޫ/މީދޫ އިން ވެކްސިން ދީފައިވަނީ 33 މީހަކަށެވެ. ފޭދޫއިން ވަނީ 33 މީހަކަށް ވެކްސިން ދީފައެވެ. މަރަދޫއިން ވަނީ 36 މީހަކަށް ވެކްސިން ދީފައެވެ.

މީހާތަނަށް އައްޑޫ އިން ވަނީ ޖުމްލަ 1647 މީހުންނަށް ވެކްސިން ދީފައެވެ. މާދަމާއިން ފެށިގެން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅިރާއްޖެއިން މިއަދު ކޮވިޑް ވެކްސިން ދީފައިވަނީ 5204 މީހަކަށެވެ. އެއާއެކު ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދުވަނީ 43،817 އަށް އަރައިފައެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވެފައިވާ މީހުންގެ ޖުމްލައަކީ 61 އެވެ. އެއީ ހުޅުދޫ/މީދޫއިން 25 މީހަކާއި، ހިތަދޫން 20 މީހަކާއި ފޭދޫން 12 މީހަކާއި މަރަދޫފޭދޫ އިން 4 މީހެކެވެ. މީގެ ތެރެއިން ތިން މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. 226 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ.

އައްޑޫގައި މިހާރުވަނީ ރެންޑަމް ސާމްޕަލް ވެސް ނަގަން ފަށައިފިއެވެ. މިހާތަނަށް ނެގި އެއްވެސް ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.