ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ދެކުނު ރީޖަންގައި ތިން ރަށެެއްގައި މަގުތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އާރުޑީސީއިން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ މިހާރު ރާއްޖޭގެ ދެކުނު ރީޖަންގައި ޖުމްލަ ތިން ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއީ ތ. ތިމަރަފުށްޓާއި، ލ. ގަމުގެ ފޭސް ދޭއް އަދި ގއ. ކޮލަމާފުށީގައިއެވެ. މި ތިން ރަށުގައި މިވަގުތު އެ ކުންފުނިން 7 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިގޮތުން ލ.ގަމުގެ ދެވަނަ ފިޔަވަހީގެ މިސްކިތު މަގުގެ ކޭބަލް ޖަންކްޝަން އަދި ހޮޅިއެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެއިތުރުން މަގު ކޮނުމާއި ބެކް ފިލިންގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ތ. ތިމަރަފުށީގެ ހުސްނުހީނާމަގުގެ ބެކްފިލިންގް އާއި ގެޕްފިލިންގެ މަސައްކަތް ކުރަމުން އެބަދެއެވެ. ތިން ރަށުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތަށް ކުރިއަށް ދަނީ ގއ. ކޮލަމާފުށީގައެވެ. އެ ރަށުގައި މަގު ހެދުމުގެ ތިން މަޝްރޫއު ކުރިއަށް އެބަދެއެވެ.