މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ބާޒާރުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި މިހާރު ކުންފުނީގެ އިދާރީ އޮނިގަނޑު އެކުލަވާލައި، ކުރިއަށް ރާވަމުންދާ މަސައްކަތުގެ ޕްލޭންތައް ތައްޔާރު ކުރަމުންދާކަމަށެވެ. އަދި ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް އިސްތިހާރުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

"އަޅުގަނޑުމެން އިތުރު މާކެޓްތައް ހޯދުމަށް ވަރަށް އިސްކަން ދޭނަން. މިހާރު ދިވެހި މަސްކުންފުނިތަކުން ބައިވެރިވަނީ މަދު ފެއަރތަކުގައި. އަދި މައުނަވީ ގޮތުގައި އެ ފެއަރތަކުގައި ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށް ނުދޭ. އެހެންވީމާ މި ކަންކަން ރަނގަޅުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޒަރީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން އުފެއްދީ ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، ދިވެހި މަހުގެ އުފެއްދުންތަކަށް އައު ބާޒާރުތައް ހޯދުމަށް ކަމަށް ވެއެވެ. މި ކުންފުނިން ކުރިއަށް އޮތް ތަނުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުގައި އިތުރު ޝައުގުވެރިކަން އުފެއްދުމަށް މަސައްކަތް ކުރާނެއެވެ.