ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ އައު އަމީރު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ އައު އަމީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ޤައުމުގެ ކުރީގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

އަމީރުގެ ޙިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅުގެ ސަބަބުން، ‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމަށާ އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 83 އަހަރުގެ ކުވައިތުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުންވަނީ އައު އަމީރުކަމަށް އޭރު ވަލީ އަޙުދުގެ ގޮތުގައި ހުންނެވި ޝެއިޙު ނަވާފު އައްޔަނުކުރަން ނިންމާފައެވެ.

ޝައިޚު ނަވާފު އަމީރުކަމުގެ ހުވައި ކުރެއްވި އިރު އުމުރުފުޅަކީ 83 އަހަރުފުޅެވެ.