މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދަން ހަމަޖެއްސި މިނިވަން ދުވަހުގެ ޕެރޭޑު މޫސުން ތަންނުދިނުމުން ނުގެންދެވުމުން، މި އަންނަ ހުކުރު އެ ޕެރޭޑު ގެންދިއުމަށް ހަމަޖައްސައި، އެ ދުވަހުގެ ހަވީރު ވަގުތު މާލޭގައި އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މި ކަން މަނާކޮށްފައިވާ ކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައެވެ.

އެ އިއުލާނުގައި ވަނީ އެ ގޮތަށް ނިންމީ މާލޭގެ އެކި ކަންކޮޅުތަކުގައި ޕެރޭޑުގެ ހިނގާލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ ގައުމީ ކެޑޭޓު ކޯއާއި އެމްއެންޑީއެފް ވެސް އެއް ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އަދި މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، އަންނަމަހު 2 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ ކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.