ކަރަންޓު ހާލަތު ރަނގަޅުކުރުމަށްޓަކައި ހއ. ކެލާއަށް އައު ޖެރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަނަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮއްފިއެވެ.

ފެނަކައިން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހއ. ކެލާއަށް 400 ކިލޯވޯޓްގެ ޖެންސެޓެއް ފުނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޖަނަނޭޓަރ ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ. މިއީ ފެނަކައިން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ހިދުމަތްތައް ޒަމަނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާ ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އަކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.