އައްޑޫ ސިޓީގައި މިއަދު 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ އައްޑޫގައި ކުރިޔަށް ގެންދެވުނު ކޯވިޑް-19 ވެކްސިން ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުން ކުރިޔަށްދިޔަ ސައިޓް ތަކުން 278 ފަރާތަކަށްވަނީ ވެކްސިން ދެވިފައިވާ ކަމަށެވެ.
އެއީ ހިތަދޫ އިން 176 މީހަކާއި، ހުޅުދޫ މީދޫ 33 މީހަކާއި، ފޭދޫ އިން 33 މީހެއްގެ އިތުރުން މަރަދޫ އިން 36 މީހަކަށް ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. މިއާއެކު އައްޑޫ އިން މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
އަދި މިއަދު 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
ކޮވިޑު ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައްޑޫގެ ހުރިހާ ސިއްހީ ހިދްމަތްތެރިންނަށް ވަނީ ވެކްސިން ޖަހާފައެވެ.