ކަރަންޓު ބިލު ބޮޑުވާ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަން ސްޓެލްކޯއިން ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގްބާލް ވިދާޅުވީ ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާ އަބަދުހެން ލިބޭ ކަމަށާއި އެހެން ނަމަވެސް މި އަހަރު އެ ޝަކުވާ އިތުރުވެ ދިގު ދެމިގެންދާ ކަމަަށެވެ.
އެގޮތުން ކަރަންޓު ބިލު ބޮޑުވާ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަން ސްޓެލްކޯއިން ނިންމާފައިވާކަން އިގްބާލް ވިދާޅުވީ އެ އޮޑިޓުން އިގްބާލް ވިދާޅުވީ ކަސްޓަމަރުންގެ ކަންބޮޑުވުންތައް ބަލައި އެކަން ހައްލުކުރެވޭނެ ގޮތްތައް ކިޔައިދޭނެ ކަމަށެވެ.
މީގެއިތުރުން ބިލް ހެދުމުގައި ސްޓެލްކޯއިން އޮޅުވާނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ކުންފުނީގެ ސާވީސް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައިފް ދެއްވިއެވެ.
ހަމައެއާއެކު ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޓް ޑިޕާޓްމެންޓުގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވެފައިވަނީ ބިލް ހަދަނީ މީޓަރުން ފެންނަން ހުންނަ ނަންބަރަަށް ކަމަށާއި ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންއަށް ކަމަށެވެ.