މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ތެރޭގައި ރަނގަޅު ބެލެންސެއް ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ނަމަވެސް ނުކުރެވޭނެ ކަމެއް ނޫނެވެ.

ތިމާގެ ހަމަށް އަޅާލުމަށް ގިނަ ވަގުތު ނެތްކަމުގައި ވިޔަސް، އަސާސީ ކަންތައްތަކުން އަމިއްލަ ނަފްސަށް އަޅާލެވިދާނެއެވެ. އަދި ޞިއްޙީ ދިރިއުޅުމެއް އުޅުމުން ޠަބީޢީ ގޮތުން މުސްކުޅިވުން ލަސްކޮށް، ޒުވާން، އުޖާލާ ހަންގަނޑެއް ލިބިދާނެއެވެ.

މިގޮތުން، އިރުގެ ނުރައްކާތެރި ދޯދިތަކުން ހަން ރައްކާތެރިކުރުމަކީަަ ވަރަށް މުހިންމު ކަމެކެވެ. އިރުގެ ދޯދިތަކަށް ހާމަވުމުން އުމުރުން ދުވަސްވުމުގެ ނިޝާންތައް ފެނުން އަވަސްވެއެވެ. ބޭރަށް ނުކުންނައިރު ރަނގަޅު ސަންސްކްރީނެއް ބޭނުންކުރުމަށް ހަނދާންކުރާށެވެ. އަދި ހެނދުނު 10:00 އާއި ހަވީރު 4:00 އާ ދެމެދު ސީދާ އިރަށް ހާމަވުމުން ދުރުހެލިވާށެވެ.

ހަން ސާފުކުރުމަށް މަޑު، އަސަރުކުޑަ ސައިބޯނިތައް ބޭނުންކުރާށެވެ. ތުނބުޅި ނުވަތަ އިސްތަށިތައް ބޭލުމުގެ ކުރިން ޝޭވިންގ ކްރީމް ބޭނުންކުރާށެވެ. އަދި އޭގެ ފަހުން މޫނު މަޑުމަޑުން ފޮހެލާށެވެ. އަބަދުވެސް މޮއިސްޗަރައިޒަރ ނުވަތަ ސަންސްކްރީން ބޭނުންކޮށްގެން ހަމުގެ ތެތްކަން ހިފަހައްޓާށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހަމައެކަނި ފުއްޕާމެއަށް ގެއްލުންވާ ކަމެއް ނޫނެވެ. އެއީ ހަމަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ހަމުގައި ރޫ އުފެދި، ލޭހޮޅިތައް ހަނިވެ، ހަމަށް ބޭނުންވާ އޮކްސިޖަނާއި ނިއުޓްރިއެންޓްސް ނުލިބެއެވެ. އެހެންވީމާ، މި އާދަ ދޫކޮށްލުމަކީވެސް ނުހަނު މުހިންމު ކަމެކެވެ.

މީގެ އިތުރުން މޫނު މާގިނައިން ނުދޮވުންވެސް އެއީ ކުރެވިދޭނެކަމެކެވެ. ހާއްސަކޮށް ސައިބޯނި ލައިގެން މޫނު ދޮވުމަށް ދުރުހެލިވާށެވެ. މާގިނައިން މޫނު ދޮވުމުން ގުދުރަތީ ތެލުގެ މިންވަރު މަދުވެ، ހަން ހިކިދާނެއެވެ. އަދި ހަމައެހެންމެ، ނަފްސާނީ ގޮތުން ހަމަޖެހުން ނުލިބު، މާބޮޑަށް ސްޓެސް ވުމުން މޫނުގައި ބިހި ނަގާ، އެކްނީއަށް މަގުފަހިވެއެވެ. އެހެންކަމުން ތިމާއަށް ހިތްހަމަޖެހުން ލިބޭ ކަންތައް ކުރަން މަސައްކަތްކުރުން އެއީ މުހިންމު ކަމެކެވެ.

ފެނަކީ ހަމުގެ އެންމެ ރަނގަޅު ރަޙްމަތްތެރިޔާއެވެ. ފެން ބުއިމުން ހަން ދިރުވައި، ރުލާ ރިންކަލްސް އެޅުން މަދުކުރެއެވެ.އަދި ތަރުކާރީއާއި މޭވާ، ހޯލް ގްރެއިންސްއާއި ޕްރޮޓީން ގިނަ ކާނާ ކެއުންވެސް ވަރަށް މުހިންމެވެ. މިފަދަ ކާނާއިން ހަމުގައި ކޮލެޖަން އުފެދުމަށް އެހީތެރިވެދެއެވެ.

މަދުވެގެން 7 ގަޑިއިރު ނިދުމަށް މަސައްކަތްކުރުން މުހިންމެވެ. ނިދި މަދުވުމުން ހަން "ވަރުބަލިވެ"، އުޖާލާކަން ގެއްލެއެވެ. އެހެންކަމުން ނިދުމަށް އަހައްމިއްޔަތުކަން ދޭށެވެ. އަދި ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމުން ލޭ ދައުރުވުން އިތުރުވެ، ހަމުގެ ސެލްތަކަށް ނިއުޓްރިއެންޓްސް ލިބެއެވެ. ހިނގުން، ޖޮގިން، ޖިމްގައި ކަސްރަތު ކުރުން، ޔޯގާ ނުވަތަ ޑާންސްކުރުން ފަދަ ކަންކަމުން ހަން ދުޅަހެޔޮވެ ހަމަށް އަލިކަން ލިބޭނެއެވެ.