ޙާލުގައި ޖެހިފައިވާ ބިދޭސީއަކު ކަނޑުމަތީން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ފެނިފައިވަނީ ވ. އަތޮޅު އަންބާރާ ކައިރިން ދަތުރު ކުރަމުންދިޔަ ސަފާރީއަކަށް ކަމަށެވެ. އެ މީހާ އިނީ އޮޔާދިޔަ ޑިންގީއެއްގައެވެ.

އެމީހާ ފެނިފައިވަނީ މޯލްޑިވިއާނާ ނަމަކަށް ކިޔާ ސަފާރީ އަކަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހަވީރު 5:12 އެހައިކަންހާއިރު އެވެ. އެމައުލޫމާތު ލިބުމާއެކު އެމީހާއަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާގެ އަތުގައިހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިހާރުވަނީ އެމީހާ ވ. ފުލިދޫއަށް ގެންގޮސްފައެވެ.