ބޮޑުތަކުރުފާނުމަގުގައި ހުރި "އާރްޑީސީ" ސައިޓުގައި، ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު، ރޭ ދަންވަރު 00:13 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވި ކަމަށާއި އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 00:23 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއްލިބިފައިނުވެއެވެ.