ގެއްލިގެން ހޯދަމުންދާ އަހުމަދު އަނިލް މުހައްމަދު ހދ. ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވަނީ އެފަރާތުގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ ކުޅުދުއްފުށި / ކިނާރާގެ، އަހުމަދު އަނިލް މުހައްމަދު (23އ) ކަމަށެވެ.

ފުލުހުން ބުނީ އަހުމަދު އަނިލް މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އަނިލްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރަންވެސް ފުލުހުން އެދިފައިވެއެވެ.