ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވިދާޅުވި ގޮތުގައި މިއީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ކަމަށެވެ.

މީގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 120 މީހުންނެވެ. އަތޮޅުތަކުގެ އެކި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 6 މީހެކެވެ. މިއަދުގެ ނިޔަކަށް ރާއްޖެއިން ލޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 18,082 އަށް އަރައިފައެވެ.

އުފާވެރި ޚަބަރަކަށް އޮތީ ކޮވިޑު ބަލިން 73 މީހުން ރަނގަޅުވި ވާހަކައެވެ. މިއަދު ރަނގަޅުވި މީހުންނާއެކު މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަވަނީ 15,633 އަށް އަރައިފައެވެ. އެކްޓިވް ކޭސް ގޮތުގައި ރާއްޖޭގައި މިހާރު ތިބީ 2,384 މީހުންނަށެވެ. ހޮސްޕިޓަލުގައި 72 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 58 މީހަކު ނިޔާވެފައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް ވަނީ ޖުމްލަ 50،047 މީހަކަށް ވެކްސިން ޖަހައިފައެވެ.