ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ ޢިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ.

އަދި ރައީސް ވަނީ ސްރީލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްގީއާ ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.