ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކޮރެއާގެ ލިބަރޭޝަންޑޭގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެގައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔޫން ސުކް ޔޯލްއަށާއި، ކޮރެއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ހާން ޑަކް-ސޯއަށް ފޮނުއްވައިފިއެވެ.

ރައީސް ކޮރެއާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި މިއަދު ފާހަގަކުރަމުންދާ ލިބަރޭޝަންޑޭއަކީ އާ އުއްމީދަކާއި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ދުވަހެއް ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ކޮރެއާގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ކޮރެއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.