ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަޤާމަށް އިންތިހާބުވެ ވަޑައިގެންނެވުމުން އެޤައުމަށް ތަރައްޤީއާ ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެގައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން އަދި އެ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައެވެ.