ރޭ ފަތިހު ހުޅުމާލެ ފޭސް 1 ގެ ސްޕާއަކަށް ވަދެ ކަޓަރު އަޅާ އަންހެނެއްގެ އަތުން ފޭރުނު މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިކަން ހާމަކުރީ މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ތިނަދޫ, ސްކޫނަ އަލީ ޝައްމާހު ވަހީދު (29އ) ކަމަށެވެ. މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނެއްގެ ފޮޓޯވެސް އެ މެސެޖާއެކު ފުލުހުން ހިއްސާކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ހަމަލާދީފައިވަނީ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ކަމަށެވެ. އަދި އެ މީހާގެ ގައިގައި ކަޓަރު އަޅާ، ބިރުދައްކައިގެން ފައިސާ ފޭރިފައިވާ ކަމަށް ފުލުހުން ބުނެއެވެ.