އުމުރުން ދެ އަހަރުގެ އެއް މާބަނޑު ތިން ކުދިން އެކުދިން އުޅެމުންދާ ކޮޓަރީގައި އުޅޭ "ޖިންނި" އަކާ ވާހަކަ ދައްކާތަން ބޭބީ މޮނީޓަރުގައި ރިކޯޑުވެއްޖެއެވެ.

އެކުދިންގެ މަންމަ ބުނެފައިވަނީ ކޮޓަރިން "މޮންސްޓަރ" އެއް ފެންނަ ކަމަށް އެކުދިން ބުނެފައިވާ ކަމަށެވެ. އެކުދިންގެ މަންމަ ކެއިޓްލިން ނިކޮލަސް ބުނެފައިވަނީ އޭނާއަށް ވަނީ ޖެނުއަރީ 26 ވަނަ ދުވަހު އޭނާގެ ދަރިން ޒުވާބުކޮށް ހަޅޭލަވާ އަޑު އިވިފައި ކަމަށެވެ. އެހެންވެ އޭނާ ބޭބީ މޮނީޓާ ބެލިއިރު ފެނުނީ ކުދިން ފާރު ކައިރީގައި ހުރި ނުފެންނަ މީހަކާ ވާހަކަ ދައްކަމުން ދިޔަ މަންޒަރު ކަމަށެވެ.

ނިކޮލަސް ބުނެފައިވަނީ ފާރުކައިރިން ފެންނަ އެއްޗަކާ އޭނާގެ ކުދިން ސީދާ ވާހަކަ ނުދެއްކި ނަމަވެސް ކުދިންނަށް ދަންވަރު ހޭލެވުމުން ފާރު ކައިރީން ފުރޭތައެއް ފެނުނުކަމަށް ބުނި ކަމަށެވެ. ނިކޮލަސް ހިއްސާ ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ތިންކުދިންވެސް އެނދުން ތެދުވެ ތިބޭނީ ފާރާ ދިމާއަށް ބަލާށެވެ. އެތަނުން އެއްކުއްޖަކަށް ފަރާ ދިމާއިން ފެންނަ އެއްޗެއް ދެންތިބި ދެކުދިންނަށް ދައްކަން އިޝާރާތް ކުރެއެވެ. އެގޮތަށް އިޝާރާތް ކުރުމުން ދެތިބި ދެކުދިން ދުވެ ފިލަނީއެވެ. ދެން އެކުއްޖާވެސް އަނެއްފަރާތަށް ދުވަނީއެވެ. ދެ ފަހަރެއްގެ މަތިން އަތް މުށްކަވާފައި މީހެއްގެ ގައިގަ ޖަހަން އުޅޭ ފަދައިން އަތް ހަރަކާތް ކުރަމުން ހަޅޭލަވާ އަޑުވެސް އިވެއެވެ. އިރުކޮޅަކުން އަނެއް ދެކުދިންވެސް ފުރަތަމަ ކުއްޖާއާއި ބައިވެރިވެގެން ދުވަމުން ފުމެމުން ކޮންމެވެސް އެއްޗެއްގައި ޖަހާ ފަދައިން ހަރަކާތްކުރެއެވެ. އެނދަށް އަރަމުންވެސް މިފަދައިން ކަންކުރެއެވެ.

އަނެއްކާ ފާރަށް އިޝާރާތް ކުރުމުގެ ކުރިން އެކުދިން ފިލަން އަލަމާރީ ބިއްދޮށަށް ވެސް ވަދެއެވެ. އިރުކޮޅަކުން ތިންކުދިން ވެސް އަލަމާރި ބިއްދޮށުން ނިކުމެ އަލުން ހަޅޭލަވަން ފަށައެވެ.

" އަހަރެމެންގެ އެނދު މާ ކަމުދިޔައީތަ؟ އެހެން ނޫނީ ކަލޭގެ މައްސަލައެއް ހުރީތަ؟" އެތަނުން އެއްކުއްޖަކު ސުވާލުކުރެއެވެ.

ނިކޮލަސް ބުނިގޮތުގައި ކުދިން ހަޅޭލަވާ އަޑު އިވުމުން އޭނާއަށް ހީކުރެވިފައިވަނީ އެއީ އެކުދިން ކުޅޭ އަޑު ކަމަށެވެ.

"މީގެ ކުރިންވެސް މިފަދަ ބިރުވެރި ހާދިސާތަކެއް ކުރިމަތިވި. ކުދިން ނިދާފައި ތިބޭއިރު ކުދިން ގެ ކުޅޭއެއްޗެހި ތެޅި، ބެހެއްޓިތަން ނޫން އެހެން ތަންތަނުން ފެނުން ފަދަ ކަންކަން ކުރިމަތިވި. އެހެން ކަމުން މިއީ މިފަދަ ކަމެއް ކުރިމަތިވި އެންމެ ފުރަތަމަ ފަހަރު ކަމަށް ނުބުނެވޭނެ،" އެކުދިންގެ މަންމަ ބުނެފައިވެއެވެ.

އިންސްޓަގްރާމްގައި ނިކޮލަސް ހިއްސާ ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ކުދިން ނިދާ ހޭލެވުމުން ކުޅެން ބޭތިއްބި ކަމަށެވެ. ކުއްލިއަކަށް އިވުނީ އެކުދިން ހަޅޭއްލެވި އަޑުކަމަށް އޭނާ ބުންޏެވެ. އިވުނީ ކުދިން މިހެން ބުނާ އަޑެވެ. " އަހަރެން މިހިރީ ކަލޭ ދެކެ ވަރަށް ރުޅިއައިސްފައި،" މިއަޑު ތަކުރާރުކޮށް އިވުނު ކަމަށް ނިކޮލަސް ބުނެފައިވެއެވެ. އޭނާ ބެލިއިރު ކުދިން ހަޅޭލަވަމުން ދިޔައީ ފާރާ ދިމާއަށް ބަލަން ތިބެއެވެ. މިއީ ޖޯޖިއާގައި ހިނގާފައިވާ ކަމެކެވެ.