ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ފަރާތުން ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް އަންހެން ޑިވިޝަން-2024 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުރެންދޫ ކައުންސިލްގެ އިދާރާ ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މުބާރާތަކީ ޅ. އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގު ފުރުސަތު ހުޅުވައިލެވިގެން އެ އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސަލްއަށް ޝައުގުވެރިކަން އުފެއްދުމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމުގެ މަގުސަދުގައި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
" ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖް 2024" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ 6 އިން 15 ގެ ނިޔަލަށެވެ.
ހަމެއެއާއެކު ކުރެންދޫ ކައުންސިލުން ވަނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 12 ސެޕްޓެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުއްވުމަށާއި އަދި ޓީމް ލިސްޓް، 15 ސެޕްޓެމްބަރ 2024ވާ އާދިއްތަ ދުވަހުގެ 13:00ގެކުރިން [email protected] އަށް މެއިލް ކުރެއްވުން އެދިފައެވެ.