ޢާންމު މަޢުލޫމާތު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްދިވެހިރާއްޖެ
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި އެ އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ 02 ސެޕްޓެމްބަރ ން 07 ސެޕްޓެމްބަރަށް ބޭއްވުމަށް ތާވަލް ކުރެވިފައިވާ ކަމަށާއި އަދި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަދި މުބާރަތް ކުރިއަށް ގެންދިއުމަށް މިއަހަރު ރޭވިފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން އުމުރުފުރާތަކާއި ޑިވިޝަންތައް ހިމެނޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
- އުމުރުފުރާތަކާއި ޑިވިޝަންތައް:
- 13 އަހަރުންދަށް، (ސިންގަލްސް)
- 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
- 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
- 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
މީގެއިތުރުން އެ ސޯސިއޭޝަނުން ވަނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ފަރާތްތަކުން މިމަހު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު އަށް ހުށައެޅުމަށް އެދިފައެވެ.
އަދި އިތުރު މައުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުމަށްވެސް އެ ސޯސިއޭޝަނުން ވަނީ އެދިފައެވެ.