މ.ކޮޅުފުށީގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ޚާލިސް ޝަރީފާއި ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް އަމިއްލަ ދެ ކުންފުންޏަަަަަަަކާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

މި ހައުސިން ޔުނިޓްތަކަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ޑިޒައިންގެ ދަށުން އަޅާ ހައުސިން ޔުނިޓްތަކެކެވެ.

މި މަސައްކަތް 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ 11 މަހާއި 20 ދުވަހުން ނިންމާ ގޮތަށެވެ.