އިސްލާމީ ކަންތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ޖަމިއްޔަތުލް އުލަމާގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ އިސްލާމީ ވުޒާރާއާއި އެ ޖަމްޢިއްޔާ ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދެފަރާތުން ގުޅިންގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޖަމްޢިއްޔަތުލް އުލަމާއަކީ އައްޑޫ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.