ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިޔުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްދެއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްއިން ފަންޑުކޮށްދެއްވާފައިވާ އިކުއިޕްމަންޓް ހަވާލުކޮށްދެއްވުމަށް ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމެވެ.

މިއަދު ހަދިޔާކުރެވިގެންދިޔަ އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.