ބޭނުންވާ ތަކެތި

150 ގުރާމު ބިސްކޯދު ( ފުނޑުކޮށްފަ)

200 ގުރާމު ކުކިންގް ޗޮކުލެޓް ( ޑާރކް)

50 ގުރާމް ބަޓަރ

1 މޭޒުމަތީ ސަމުސާ ގެރިކިރު

1 ސައި ސަމުސާ ކޮފީ

75 ގުރާމް ޕިސްޓާޗިއޯ ( ބޭނުންވައްތަރެއްގެ ނަޓެއް)

ތައްޔާރުކުރާނެ ގޮތް

ފެންތެއްޔެއް އުނދުން މައްޗަށް އުދައި ހޫނުކޮށްފައި އޭގެ ތެރޭގައި ކުޑަ ތެއްޔެއް ބަހައްޓައި ކުޑަ ތެލީގައި ބަޓަރާއި ޗޮކްލެޓް ދިޔާކުރާށެވެ. ދެން ގެރިކިރު، ވެނީލާ އެސެންސް، ކޮފީ ވެސް އެއްކުރާށެވެ. ދެން ކުޑަތެލި އުނދުން މަތިން ބޭލުމަށްފަހު ޕިސްޓާޗިއޯ އާއި ބިސްކޯދު އެއްކޮށް ޕޭޕަރ ފޮއިލް އަށް ( ކޭކު ޓްރޭގައި އަޅާ ކަރުދާސް) އަޅާ ދިގުކޮށް އޮޅާލާށެވެ. އެއަށްފަހު އައިސް އަލަމާރިއަށްލާ 2 ގަޑި އެއްހާއިރު ބާއްވާ ސަލާމީ ރޯލް ހަރު ކޮށްލާށެވެ. އެއަށްފަހު އައިސްއަލަމާރިން ނަގާ ކަރުދާސް ގަނޑުން ވަކިކުރުމަށްފަހު އައިސިން ޝުގަރ ނުވަތަ ހިމުންކޮށް މުގުރާފައި ހުރި ހަކުރު ބޭރުގައި އުނގުޅާލާށެވެ. އޭގެ ފަހުން ވަށްފޮއްޗަށް ކޮށާލާށެވެ.

ޗޮކްލެޓް ސަލަމީ އަކީ ކުޑަކުދިންނަށް ވަރަށް މީރު ފަސޭހައިން ހަދާލެވޭ އެއްޗެކެވެ.