ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލް ޣަފޫރު ވަކިކުރައްވައިފިއެވެ.

ޔޫސުފް ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެއެވެ. އެހެންނަމަވެސް، ވަކިކުރެއްވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

ޔޫސުފަކީ ކުރިން ގަމު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޔޫސުފް ވަކިކުރެއްވުމާއެކު، މިހާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި ތިއްބެވީ ތިން ސްޓޭޓް މިނިސްޓަރުންނެވެ. އެއީ މުޙައްމަދު ކިނާނަތު، ލުބްނާ ޒާހިރު އަދި އަޙްމަދު ޞިއްދީޤެވެ.