ޗައިނާ ސަރުކާރުން ޝިންޖިއާންގައި ހިންގާ މުސްލިމުން ބަންދު ކުރާ ޑިޓެންޝަން ސެންޓަރގައި ކިޔަވައި ދޭން ދިޔަ ފުރަތަމަ ދުވަހުވެސް ގަލްބެނޫރު ސިއްދީގްއަށް ފެނުނީ ސިފައިންގެ ދެމީހަކު އަންހެނަކު ސްޓްރެޗާއެއްގައި ތަނުން ބޭރަށް ގެންދަނިކޮށެވެ.
މޫނުމަތިން ކުލަ ފަނޑުވެ، ދިރުމެއް ނެތް މަސްގަނޑުގައި ނޭވާލާކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް ސިއްދީގް ކިޔައި ދެއެވެ. ކުރިން ސްކޫލެއްގައި ކިޔަވައިދިން ސިއްދީގް އަށް މަޖުބޫރު ކުރީ ޝިންޖިއާންގެ ދެ ޑިޓެންޓަން ސެންޓަރ ގައި އެތައް މަހެއް ވަންދެން މެންޑަރިން ޗައިނީޒް ބަސް ކިޔަވައި ދޭށެވެ. އޭނާ އެތަނަށް ގެންދިޔައީ 2017 ގައެވެ.
ސިއްދީގް ކިޔައިދިން ގޮތުގައި ފަހުން ފުލުސް އަންހެނަކު އޭނާ ގާތު ބުނިގޮތުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ލޭމަނާ ނުވެގެން ކަމަށެވެ. މިއީ އަންހެނުންނަށް ޚާއްސަ ޑިޓެންޝަން ކޭމްޕްގައި ތިން މަސް ދުވަސް ހޭދަ ކުރިއިރު އެ އަންހެންމީހާ ސިއްދީގްއަށް ކިޔައިދިން މިފަދަ އެތައް ވާހަކަތަކުން އެއް ވާހަކައެވެ.
މި ފުލުސް އަހްންމީހާ އަކީ މި ސެންޓަރގެ ފިރިހެން ގާޑުން އަންހެނުން ރޭޕްކުރާ މައްސަލަ ބެލުމަށް ފޮނުވާފައިވާ މީހެއްކަމަށް އޭނާ ބުންޏެވެ.
ޗައިނާ ސަރުކާރުން މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޑިޓެންޝަން ސެންޓަރ ތަކުގައި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް މިތަނުން ސަލާމަތްވެފައި ވާ އެތައް މީހަކު އެތައް ވާހަކައެއް ކިޔައި ދީ ޑޮކިއުމެންޓް ކުރެވިފައި ވެއެވެ. އެހެންނަމަވެސް ސިއްދީގްގެ މި ވާހަކައަކީ މި ފެންވަރުގެ މީހެއްގެ ފަރާތުން ލިބޭ ނާދިރު ވާހަކައެވެ. އެމެރިކާއިން ތުހުމަތު ކުރަނީ ޗައިނާއިން ނަސްލު ނައްތާލުމުގެ އަމަލުތައް މި ކޭމްޕްތަކުގައި ހިންގަމުން ގެންދާ ކަމަށެވެ. މި ތަންތާގައި ގިނަ އަދަދަކަށް މީހުން ގަދަކަމުން ބަންދުކޮށްގެން ގެންގުޅުމާއި އެމީޙުންނަށް އަނިޔާ ކުރުމާއި އެމީހުންގެ ދަރިމައި ވުމަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރަމުންދާ ކަަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.
ޗައިނާ ސަރުކާރުން ވަނީ ތަކުރާރުކޮށް މިފަދަ ތުހުމަތުތަކަށް ރައްދު ދީފައެވެ.
ސިއްދީގް ބުނިގޮތުގައި ރޭގަނޑު ރާބޯން ތިބެގެން ފޮނިކަނޑާއިރު، ފިރިހެން އޮފިސަރުން އެމީހުން އަންހެން ކުދިންގެ ގަޔަށް އަރާ ގޮތާއި އެމީހުންނަށް އަނިޔާ ކުރާ ގޮތް އެކަކު އަނެކަކަށް ކިޔައިދޭ ކަމަށް އަންހެން ފުލުސް މީހާ އޭނާއަށް ކިޔައިދީފައި ވެއެވެ.
ސިއްދީގް މި ހާރު ދިރިއުޅެނީ ނެދަރލެންޑްގައެވެ. ސީއެންއެންއަށް އޭނާ މި ވާހަކަތައް ކިޔައި ދީފައި ވަނީ ނެދަރލެންދްގައި ހުރެގެންނެވެ.
ކެމްޕްތަކުގެ އެތެރޭގެ ހާލަތު
ސިއްދީގްއަކީ އުޒުބެކް ދަރިކޮޅުގެ އަނެހެނެކެވެ. އޭނާ ވަނީ 28 އަހަރު ވަންދެން އުމުރުން 13 އަހަރުގެ ކުދިންނަށް އެލެމެންޓްރީ ސްކޫލުގައި މެންޑަރިން ކިޔަވައިދީފައެވެ.
ކޭމްޕްގައި އޭނާއަށް ކިޔަވައިދޭން ޖެހުނީ ސަތޭކައެއްހާ ފިރިހެނުންނާ އެތައް އަންހެނުންނަކަށެވެ.
"އެމީހުން ކިލާހުގައި ތިބޭ އިރު ތިބެނީ، ޗޭނު ޖަހާފައި" ސިއްދީގް ކިޔައި ދިނެވެ. ފުރަތަމަ ދުވަހުވެސް ބްލެކްބޯޑަށް އެނބުރިގެން ލިޔެން ހުއްޓާ އިވުނީ ކުލާސް ތެރޭން އެމީހުންގެ ރުއިމުގެ އަޑެވެ. ތގުނބުޅީ ތަކުން ކަރުނަތައް އޮހެއެވެ. އަދި އަންހެން ގައިދީންވެސް ހަރު އަޑުން ރޮމުން ގެންދިޔައެވެ.
މި ތަންތަނަށް ގެންނަ ނޫކަށި ފުރާގެ ޒުވާނުން ތިބެނީ ނިކަން ދުޅަ ހެޔޮކޮށް ތޫނުފިލިކޮށެވެ. އެހެންނަމަވެސް އެސާހިތަކުން އެމީހުން ފެންނަނީ މިލާ މޯޅިވެފައި ތިއްބައެވެ.
ކިލާހުގައި ކިޔަވައިދޭން ހުއްޓާ ބޭސްމެންޓުން އިވޭނީ ހާޅޭއްލަވާ އަޑެވެ. އޭގެ ސަބަބެއް ކަމަށް ބުނަނީ ފުލުހުން މީހުންނަށް އަނިޔާކުރާ އަޑުކަމަށެވެ.
ސިއްދީގް ބުނިގޮތުގައި ކިޔަވައިދޭން އެ ސެންޓަރުތަކުގައި ހުރި ދުވަސްތަކުގައި ހިތްދަތި ކަންތައްތަކެއް ތަޖުރިބާ ކުރެވުނު ކަމަށެވެ.
ސީއެންއެންއިން ބުނާ ގޮތުގައި ސިޔާސީ ހިމާޔަތުގައި ބޭރުގައި އުޅޭ މީހުން ކިޔައިދީފައިވާ އަނިޔާތަކުގެ ވާހަކަތަކާއި އާއިލާއާއި ގާތް ތިމާގެ މީހުންގެ ވާނުވާއެއް ނޭނގި ދިއުމުގެ ވާހަކަތަކުން މީހުން ދައްކާފައިވާ ވާހަކަތައް ދިމާވާ ކަމަށެވެ.
ސީއެންއެންއަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން އެނގޭ ގޮތިގައި މީހެއްގެ ތުނބުޅިއެއް ހުރުމުން ނުވަތަ ބުރުގާ އެޅުމުންވެސް އެމީހަކު ޑިޓެންޝަން ސެންޓަރަކަށް ގެންގޮސްފާނެއެވެ.
ޗައިނާ ސަރުކާރުން ބުނާގޮތުގައި މުސްލިމުން ބަންދުކޮށްގެން އަނިޔާ ކުރާކަމަށް ރިޕޯޓް ކުރެވޭ މިސެންޓަރު ތަކަކީ މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕްތަކެކެވެ.
ޗައިނާއިން ޖެނޮސައިޑް ހިންގާ ކަމަށް ނިންމައިފި
"ހާހުން އުއިގޫރު މުސްލިމުން ވަށާލައިގެން ނުގެންދޭ" ޝިންޖިއާންގައި ހުންނަ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ އޮފީހުގެ ތަރުޖަމާން ޝޫ ގުއިޝިއާން، ނޫސްކޮންފަރެންސެއްގައި މިމަހު 1 ގައި ބުންޏެވެ.
ނަސްލު ނެތިކޮށްލުމުގެ ސިޔާސަތުގެ ތާއީދުގައި
އަހަރެން ގޭންގް ރޭޕް ކުރި
ތުރުސުނީ ޒިޔާއުއްދީން ބުނާ ގޮތުގައި އެޕްރީލް 2017 ގައި އޭނާ ހައްޔަރު ކުރީ އެއްވެސް ކުށެއް ކޮށްގެނެއް ނޫނެވެ. އޭނާގެ ފިރިމީހާ ހަލްމިރްޒާ ޚާލިގް އަކީ ކަޒާޚް ދަރިކޮޅުގެ މީހެކެވެ. އަހެނުން ޝިންޖިއާންއަށް އައިސްގެން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އިރު ފެނުނީ ޑިޓެންޝަން ސެންޓަރެއްގައި ހުއްޓައެވެ. ދެމީހުން ވާހަކަ ދެއްކީ ގޭޓްގެ އަނެއް ފަރާތުގައި ތިބެގެންނެވެ.
ޕާކިސްތާނުން ޗަައިނާ މުސްލިމުން ވިއްކާލައިފި
ޒިޔާއުއްދީން ކިޔައިދިން ގޮތުގައި އޭނާ ނުވަ މަސްދުވަސްވަންދެން ބަންދުގައި ބެހެއްޓިއިރު އެތައް ފަހަރަކު ގޭންގް ރޭޕްކޮށްފައި ވެއެވެ. އޭނާ ބަންދުކޮށްފައި ބަހައްޓާފައި ހުރީ އެހެން ވިހި އަންހެނުންނާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ފާޚާނާއަށް ހުއްދަ އޮންނަނީ އެންމެ ވަގުތަކަށެވެ. އަދި އެވެސް ތިން ހަތަރު މިނެޓަށް ވުރެން އިތުރު ވެގެނެއް ނުވެއެވެ. އިތުރަށް ވަގުތު ހޭދަކޮށްފިނަމަ އަނިޔާއާ ކުރިމަތިލާން ޖެހެއެވެ.
މުސްލިމުންްގެ ގަތުލުއާނމުގެ މާސްޓަރުމައިންޑް ހައްޔަރުކުރަން ގޮވާލުން
ޒިޔާއުއްދީން މިހާރު ދިރިއުޅެނީ އެމެރިކާގައެވެ. އޭނާ ކަޒަޚިސްތާނަށް ގޮސްއެތަނުން އެމެރިކާއަށް ދިޔައީ އޭނާގެ ރަހިމަށް ލިބިފައިވާ ގެންލުންތަކަށް ފަރުވާ ހޯދާށެވެ. ބޮޑު އޮޕަރޭޝަނަކަށް ފަހު ރަހިމު ވަނީ ނަގާފައެވެ. ސީއެންއެންއަށް އޭނާގެ މެޑިކަލް ރެކަޑްސް ލިބިފައި ވެއެވެ.
ޒިޔާއުއްދީންގެ ރޭޕްގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ބީބީސީންނެވެ.
ގުލްބާޚަރު ޖަލީލޯވާއަކީވެސް މިފަދަ އަނިޔާތަކެއްގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ޖުލައި 2020ގައި ސީއެންއެންއާ ވާހަކަ ދައްކަމުން އޭނާވެސް ކިޔައި ދީފައިވަނީ ވިއްސަކަށް އަންހެނުންނާ އެކު މޭ 2017ގައި ބަންދުކޮށްފައި ބެހެއްޓީ ވާހަކައެވެ. އޭނާއާއި އޭނާއެކު ތިބި މީޙުންވެސް ގޭންގް ރޭޕްގެ ޝިކާރައަކަށް ވެފައިވާ ކަމުގައި އޭނާވެސް ކިޔައި ދީފައި ވެއެވެ.
ޗިންޖިއާން ޖެނޮސައިޑް ޔޫކޭއަށް ބެލޭނެ ބާ
އިންކާރު ކުރުމާއި ލަދު
ޗައިނާގެ މަސްއޫލުވެރިންނަށް މި ސްޓޯރީގައި ބުނެފައިވާ ތިން އަނހެނުން ކޮށްފައިވާ ތުހުމަތުތަކަށް ޗައިނާ ފޮރިން މިނިސްޓްރީން އިންކާރެއް ނުކުރެއެވެ. ނަމަވެސް ޖުމުލަ ކޮށް ތައްޔާރުކޮށްފައިވާ ބަޔާޏެއްގައި ބުނެފައި ވަނީ މީޑިއާއިން ތެދު ދޮގު ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެއްފަރާތަކަށް ޖެހިގެން ތިބެ ރިޕޯޓް ނުކުރާނުކުރުމަށްވެސް ބާރު އަޅާފައި ވެއެވެ. އަދި ޓްރޭނިންގ ސެންޓަރތަކުގައި މީހުންގެ ހައްގަށް ބަލާކަމަށާއި އެމީހުންނަށް އިހާނެތިކޮށް ހިތުމަކީ މަނާކަމެއްކަމުގައިވެސް މީގައި ބުނެފައި ވެއެވެ.
ސީއެންއެން އިން އެދުމުންވެސް ޝިންޖިއާންގ އޮތޮނޮމަސް ރީޖަން ގެ މަސްއޫލުވެރިން މިއަށް ބަހެއް ބުނެފައެއް ނުވެއެވެ.