ޔޫރަޕްގައި ކޮސޮވޯއާއި މޮންޓެނީގްރޯއާއި ބޮސްނިއާ ހަރްޒޮގްވީނާއަށް އަދި ވެކްސިންގެ އެންމެ ޑޯޒެއްވެސް ލިބިފައެއްވެސް ނުވެއެވެ. އަލްބޭނިއާއާއި އުތުރު މެސެޑޯނިއާ އިންވެސް ވެކްސިން ޖެހުނީ އަދި މަދު ސަތޭކައެއްހާ މީހުންނަށެވެ.

މިހިނދު އިނގިރޭސިވިލާތުން ވަނީ 15 މިލިއަން މީހުންނަށް ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ބުނެ އެކަން އިހުތިފާލް ކޮށްފައެވެ. ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ހުރިހައި ގައުމެއް އެއްކޮށްގެންވެސް ދީފައިވަނީ 23 މިލިއަން ޑޯޒްއެވެ.

ވަރަށް ބޭއިންސާފު، މިހާތަނަށް އުފެއްދި 75 އިންސައްތަ ވެކްސިން ބޭނުންކުރީ އެންމެ 10 ގައުމުން: ގުޓަރޭސް

ޔޫރަޕްގެ އިއްތިހާދުން ވަނީ އުތުރު ބޯލްކަންގެ ގައުމުތަކަށް ވެކްސިން ލިބޭގޮތަށް 80 މިލިއަން ޑޮލަރު ބަޖެޓް ކޮށްފައެވެ. މި ގައުމުތަކަކީ މުސްތަގްބަލުގައި ޔޫރަޕްގެ އިއްތިހާދަށް ވަންނާނެ ގައުމުތަކެވެ.

އިއްޔެ ރެކޯޑު އަދަދެއްގެ މީހުން ވެކްސިން ޖަހައިފި

ސަރބިޔާއިން ވަނީ އަމިއްލައަށް މަސައްކަތް ކޮށްގެން ޗައިނާއާއި ރަޝިއާއިން ވެކްސިން ހޯދާފައެވެ. ޗައިނާއަކީ ސަރބިޔާއާއެކު ވިޔަފާރީގެ މުއާމަލާތް ކުރާ ގައުމެކެވެ. ޗައިނާއިން ވަނީ ސައިނޯފާރމްގެ ދޮޅު މިލިއަން ވެކްސިން ސަރބިއާއަށް ދީފައެވެ. އަދި ރަޝިޔާގެ ސުޕްޓްނިކް ވެކްސިންގެ 90 ހާސް ޑޯޒްވެސް ވަނީ ލިބިފައެވެ.