ރ. ފައިނުގެ މޫދު އަޑިން މަރުވެފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ އުމުރުން އެ ފަސް އަހަރުގެ ކުއްޖާ މޫދު އަޑިން ފެނުނީ އެ ކުއްޖާ ގެއްލިގެން ހޯދުމަށްޓަކައި ފީނަމުން ދަނިކޮށް ކަމަށެވެ.

މިއަދު ހަވީރު 5:15 ހާއިރު ގެއްލުނު އެ ކުއްޖާ ފެނުނީ 5:45 ހާއިރު ކަމަށް ވެސް އިބްރާހިމް ނާސިރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ އެކުއްޖާ ގެއްލުނީ މީހުން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދު އަތިރިމަތީގައި އިތުރު ކުދިންތަކަކާ އެކު ކުޅެން ހުއްޓައި ކަމަށެވެ. އެ ކުއްޖާ ގެއްލު ގޮތް އެނގޭނީ މައްސަލަ ތަހުގީގު ކުރުމުންނެވެ.

ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.