ކޮވިޑު-19 އަށް ފަރުވާ ދެމުން ދިޔަ 63 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

އެމީހާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމީހާގެ ކަށުކަމާއި ކެމީގެ ކަންކަން ނިންމުމަށްފަހު މިއަދު ހެނދުނު 6 ޖެހި އިރު ވަނީ ހުޅުމާލެ ސަަހަރާގައި ވަޅުލާފައެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 59 ވަނަ މީހާއެެވެ.