މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް 18 ރަށަކަށްދީފިއެވެ.

މިނިސްޓްރީއިން ކުނި މެނޭޖު ކުރުމަށް ބޭޏުންވާ ޑަންޕް ޓްރަކް ދީފައިވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) އަތޮޅުތަކަށެވެ. މީގެއިތުރުން، ކުނި އެއްކުރަން ބޭނުންކުރާ ބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ހަވާލުކޮށްފައެވެ.

މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއްމައްސަލަކަމުގައިވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.