ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތ.ގުރައިދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

އެޗްޕީއޭ އިން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ލައިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ގުރައިދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންތަކެއް ފާހަގަވުމާ ގުޅިގެންނެވެ. މޮނީީޓަރިންގެ ހާލަތު އުވާލާފައިވަނީ އެ ކޮންޓެކްޓުންގެ ސާމްޕަލް ނެގެޓިވް ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.