ކުންފުނިތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗްޕީއޭއިން ހުޅުވާލައިފިއެވެ. އެޗްޕީއޭއިން ގްރޫޕް ވެކްސިނޭޝަނަށް ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުލުވާލާފައިވާއިރ، ކެފޭ ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި އަމިއްލަ ކުންފުނިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވެވޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 ނުވަތަ [email protected]އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށް އެޗް.ޕީ.އޭއިން ބުންޏެވެ.

ކުޅިވަރު ޖަމްއިއްޔާތަކާއި، ކްލަބްތަކާއި އެސޯސިއޭޝަންތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާޢަތްތަކަށް ގްރޫޕް ވެކްސިނޭޝަނަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓެވެ. އެ މިނިސްޓްރީގެ ނަންބަރު 3347365 ނުވަތަ 3347329 އަދި [email protected] އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތް ކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ މިނިސްޓްރީގެ 3339286 ނަންބަރަށް ގުޅައިގެން އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށާއި، އެ މިނިސްޓްރީގެ [email protected] ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް އެ އިންތިޒާމް ހަމަޖެއްސޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށާއި، އެ މިނިސްޓްރީގެ ނަންބަރު 3022245 އަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓްގެ ކަންކަން ހަމަޖެއްސޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.