ފުރާވަރު އުމުރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި މީހަކު މިއަދު ހެނދުނު ދަންޖެހިގެން މަރުވެއްޖެ އެވެ.

ޝަރީއަށް ނިމެންދެން ބަންދުކޮށްފައި ހުރި އުމުރުން 62 އަހަރުގެ މި މީހާ މަރުވެފައި އޮއްވައި ފެނުނީ ސައި ހިފައިގެން ކަރެކްޝަން އޮފިސަރުން ދިޔަ ވަގުތުއެވެ.

މަރާ ގުޅޭ އިތުރު ތަފުސީލެއް އަދި ހޯމް މިނިސްޓްރީއިން ހާމައެއް ނުކުރައްވައެވެ.